ރައީސް ނަޝީދުގެ ހިސާބު ދިމައެއް ނުވޭ!- ޔޫއޭއީގަ އެންމެ ބާރަށް ކުރިއަރަނީ ރަލާ ނުލައި ހިންގާ ފަތުރުވެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރައީސް ނަޝީދުގެ ހިސާބު ދިމައެއް ނުވޭ!- ޔޫއޭއީގަ އެންމެ ބާރަށް ކުރިއަރަނީ ރަލާ ނުލައި ހިންގާ ފަތުރުވެރިކަން!

ކަބަރުގައިވާ ފޮޓޯގައި އެވަނީ މިސްކިތެއް ނޫނެވެ! ޔޫއޭއީގައި އިސްލާމީ އުޞޫލުން ހިންގާ ހޮޓެލެވެ. ޔޫއޭއީގަ އެންމެ ބާރަށް ކުރިއަރަނީ ރަލާ ނުލައި ހިންގާ ފަތުރުވެރިކަމެވެ. ޔޫއޭއީއަށް ވަނީ 2014 ވަނަ އަހަރު އިސްލާމީ ފަތުރުވެރިކަމުގެ ދުނިޔޭގެ 1 ވަނަ އެޥޯޑްވެސް ލިބިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން 2014 ވަނަ އަހަރު އިސްލާމީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ 142 ބިލިއަން ޑޮލަރު ލިބިފައެވެ. 2020 ވަނަ އަހަރު މިއަދަދު 233 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

އިސްލާމީ ފަތުރުވެރިކަމަކީ ބަނގުރަލާއި އޫރުމަހާއި ޖުވާކުޅުމާއި އައުރަ ނިވާނުކޮށް އުޅުމާއި އަދި އިސްލާމް ދީން ހުއްދަ ނުކުރާ އެންމެހައި ކަންކަމުން ސަލާމަތްކޮށްގެން އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ހިންގާ ފަތުރުވެރިކަމެވެ. ޔޫއޭއީއަށް ބަލައިފިނަމަ އިސްލާމީ އުޞޫލުން ހިންގާ ހޮޓާތަކުގައި މުސްލިމުންގެ އިތުރުން ގިނަ އަދަދަކަށް އެހެން ދީންތަކުގެ ފަތުރުވެރިންވެސް ތިބެއެވެ! އަދި އެމީހުން ތިބެނީ "ހަލާލު ފުޑް" ކެއުމާއި އިސްލާމީ ވެށިން ލިބޭ ރައްކައުތެރިކަމުގެ ބޭނުމުގައެވެ.

އއ. ތޮއްޑޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު މިކަންކަމާއި މުޅިން ތަފާތެވެ. "ގެސްޓު ހައުސްގެ ވިޔަފާރި ރަށްތަކުގައި ކުރިއަރައިގެން އަންނަނީ އެއްވެސް އިރެއްގައި ދިވެހިން އެކަން ދުށް ގޮތަކަށް ނޫން." ކަމަށް ވިދާޅުވުމުގެ އިތުރުން ބަނގުރަލުގެ ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ނަފާ އިތުރުކުރަން ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއެއްކަން ހާމަވާގޮތަށްވެސް ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި، އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓް ކަމަށެވެ. ދެން އެންމެ ގިނައިން ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް ކަމަށެވެ. އަދި މިބާވަތްތަކުން ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާ ބޮޑުވާކަން އަޅުގަނޑުމެނަށް އެނގޭ ކަމަށާއި މިތަކެތީގެ ވިޔަފާރިން މުއްސަނދިވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން