ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދާދިދެންމެއަކު މާފުށީ ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ.
ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18ގަ އެވެ. ގެއަށް ބަދަލު ކުރި އިރު އެމަނިފާނު ގެންދެވީ އަމިއްލަފުޅަށް އެދިގެން، އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން 2019 ފެބްރުއަރީ 18 ވަނަ ދުވަހު ކޮށްފައިވާ އަމުރާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަލިހާލަތު ހުރިގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް މިރޭ ވަނީ ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރެވިފައި ކަމަށެވެ.