ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތަކުން ސަލާމަތް ވެވޭނީ ދީން ހަތިޔާރަކަށް ހަދައި ދީނުގައި ބަޔާންވެގެންވާމަގު އިސްކުރުމުންނެވެ. ތިމާގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްވެސް އޮތް އެންމެ މުހިންމު ހަތިޔާރަކީ އިސްލާމް ދީނެވެ.
ޤައުމުގައި ނަމަވެސް އަމިއްލަ ގޭގައި ނަމަވެސް ކަމެއް ގޯސްމަގުން، ޚާޢްޞަކޮށް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ކަމެއް ދާނަމަ އެކަމެއް ހައްލުކުރަން އޮތް އެންމެ ފުރިހަމަ ހަތިޔާރަކީ އިސްލާމް ދީނެވެ.
އިސްލާމްދީނުގައި ބަޔާންވެގެންވާ ގޮތެވެ. އިސްލާމް ދީން ހަތިޔާރަކަށް ބޭނުން ކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. އިސްލާމް ދީނާއި އިދިކޮޅު ކަންކަން ހުއްޓުވަން ބޭނުން ކުރަން އޮތް އެންމެ ފުރިހަމަ ހަތިޔާރަކީ ކީރިތި ޤްރުއާނެވެ. ރަސޫލް (ޞޢވގެ ސުންނަތެވެ. ކީރިތި ޤްރުއާނާއި ސުންނަތުގައިވާ މަގެވެ.
މިފަދަ ކޮންމެ މައްސަލައެއް ޙައްލުކުރުމުގައިވެސް އިސްލާމް ދީނަކީ އަޑަނައަކަށް ހަދާށެވެ! އަދި އެފަދަ ކަންކަމާއި ދެކޮޅަށް ހަމަލާދޭ ހަތިޔާރަކަށްވެސް ހަދާށެވެ. އެއިރުން މުސްލިމުން ބަލި ކުރުމަކީ އެއްވެސް ބައަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އިސްލާމް ދީން ނިކަމެތި ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.
މިސާލަކަށް ކަމެއްގައި ޚިޔާލުތަފާތުވެއްޖެނަމަ އަމިއްލައަށް ދެބަސް ނުވާށެވެ! އަމިއްލަ ޚިޔާލާ ފިކުރުގައި ޒުވާބު ކުރުމުގެ ބަދަލުގައި އިސްލާމް ދީނުގައި އެކން އޮތީ ކޮންގޮތަކަށްތޯ ބަލައި އެގޮތަކަށް އަމަލުކުރާށެވެ! އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކުރުމަކީ އެއީއެވެ.
ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް މިމޭރުމުން ހުރިއިރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި އައިސްފައިވާ ގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅުމަކީ ނިކަމެތިކަން ކުރިމަތިވާނެ ކަމެއްކަން ޔަޤީން ކަމަށެވެ. އަދި އިންސާނާގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ﷲ ބާވައިލެއްވެވި ދީން ހަތިޔާރަކަށް ނުހަދައި ދެން ހަޔާތުގައި ދިމާވާ ކަންކަން އިޞްލާޙް ކުރަން މުސްލިމުން ހަތިޔާރަކަށް ހަދަންވީ ކޮން އެއްޗެއްތޯ؟ ވެސް ޝައިޚް އިލްޔާސް ވަނީ ސުވާލު ކުރައްވައިފައެވެ.
މިކަމުގެ ހެކި ދައްކަވައި ޝައިޚް އިލްޔާސް ބަޔާން ކުރައްވާފައިވަނީ އާލްއިމްރާން ސޫރަތުގެ 85 ވަނަ އާޔަތެވެ. ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން އެހެން ދީނެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށާއި އެހެން ދީނެއް ޤަބޫލުކޮށް އަމަލުކުރި މީހާ އާޚިރަތް ދުވަހު ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ކަމަށް ވަޙީ ކުރައްވަވާފައިވާ އާޔަތެވެ.
https://twitter.com/ilyaasipa/status/1105884284462747648
