އޮލިމްޕަސް ކައިރީގައި މާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.
"މިއަދުނޫހަށް" މައުލުމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިން ގައު ހުރި ގައު ބަރިއަކުން ގަލެއް ވެއްޓި، މީހަކަށް އަނިޔާވެފައިވާ ކަމަށް މިއަދު މެންދުރު 11:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި މިހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށެވެ. އެމީހާގެ އުމުރު އަދި އެނގިފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެމީހާގެ އެކްސް-ރޭ އެއް ނެގުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.