އެމްޑީޕީ 70 މީހެއްގެ މައްޗަށް ފެބްރުއަރީގެ 8 ގެ ހަމަނުޖެހުމުގައި ކުރި ދައުވާ ރިވިއު ކުރުމަށް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އެމްޑީޕީ 70 މީހެއްގެ މައްޗަށް ފެބްރުއަރީގެ 8 ގެ ހަމަނުޖެހުމުގައި ކުރި ދައުވާ ރިވިއު ކުރުމަށް ހުށަހަޅައިފި

އެމްޑީޕީ 70 މީހެއްގެ މައްޗަށް ފެބްރުއަރީގެ 8 ގެ ހަމަނުޖެހުމުގައި ކުރިދައުވާ ރިވިއު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

މިކަމާގުޅިގެން އެމްޑީޕީން ބުނެފައިވަނީ  2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަޔަކު ރާވައިގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރު ވައްޓާލައި ހިނގި ހަމަނުޖެހުމުގައި، ޓެރަރިޒަމްގެ ޢަމަލު ހިންގި ކަމަށް ބުނެ އައްޑު ސިޓީއަށް ނިސްބަތްވާ 70 މީހަކަށް ދަޢުވާ ކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު "ތަޖުރީމުކުރާ" އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން އެންމެ ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ބައްޓަން ކުރާނެކަމަށް މިސަރުކާރުގެ ބަންޑާރަނައިބު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ވެރިކަން ބަދަލުވުމާއި އެކު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖުމަލް 164 މީހަކަށް ޓެރަރިޒަމްގެ ދަޢުވާ ކުރިއެވެ.

މިއަދު އޮންލައިން