ހުޅުމާލޭގައި އަލަށް އަޅާ އިންޖީނުގެއިން މުޅި ހުޅުމާލެއަށް ކަރަންޓުދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ހުޅުމާލޭގައި އަލަށް އަޅާ އިންޖީނުގެއިން މުޅި ހުޅުމާލެއަށް ކަރަންޓުދެނީ!

ހުޅުމާލޭގައި އަލަށް އަޅާ އިންޖީނުގެއިން މުޅި ހުޅުމާލެއަށް ކަރަންޓުދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގައި އަލަށް އަޅާ 50 މެގަވޮޓުގެކަރަންޓު އުފައްދާ އިންޖީނުގެއިން އެއްވެސް ދަތިކަމެއް ނެތި ކުރިއަށް އޮތް ފަސް އަހަރު ހުޅުމާލެއަށް ކަރަންޓު ދެވޭނެ ކެޕޭސިޓީ، އެބަހުރިކަމަށާއި އަންނަ އޭޕަރިލްމަހުގެ ފަހުކޮޅުން ފެށިގެން މުޅި ހުޅުމާލެއަށް ކަރަންޓުދޭނީ މި އިންޖީނުގެއިންކަމަށެވެ.

ސްޓެލްކޯގެ ސްޕްރިންޓެންޑެންޓް އިންޖިނިއަރ އިބްރާޙިމް ރައޫފް ވިދާޅުވީ، އާ އިންޖީނުތައް ޓެސްޓުކުރަމުންދާއިރު، ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހުރި ޖަނރޭޓަރ ތައްވެސް ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާނެކަމަށެވެ. އަދި މިހާރު ބައެއްފަހަރު ހުޅުމާލެއިން ކަރަންޓު ކެނޑެނީ މިކަމުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

ހުޅުމާލޭގެ އާބާދީ ފަންސާސް ހާހަށް އިތުރުވެފައިވާއިރު، މިހާރު ހުޅުމާލޭގައި ބޭނުންކުރަނީ 13 މެގަވޮޓްގެ ކަރަންޓެވެ.

 

މިއަދު އޮންލައިން