ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އެމެރިކާ ސަފީރު އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އެމެރިކާ ސަފީރު އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމުގެ އަރިހަށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އަލައިނާ ޓެޕްލިޓްޒް، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކިދާއިރާތަކުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އަލައިނާ ޓެޕްލިޓްޒް ދެއްކެވި ވަހަކަފުޅުގައި، ރާއްޖެއާއި އެމެރިކާ ދެމެދު އޮތް ރަޙުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާ ސަރުކާރުން ކުރަމުންދާ ބައެއް މުހިއްމު މަސައްކަތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

 

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން