އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބޭނުން ކުރާނެ ކަރުދާސް ޗާޕު ކޮށްދިނުމަށް ބީލަން ހުށަހެޅީ ހަމައެކަނި ނޮވެލްޓީ ޕްރިންޓާރސް އާއި އެމް7 އެވެ.
އިންތިހާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާން ޗާޕު ކޮށްދޭން ނޮވެލްޓީ އާއި އެމް7 ބީލަން ހުށަހެޅީ، ވޯޓު ކަރުދާސް ޗާޕު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދެވަނަ ފަހަރަށް އިއުލާނު ކޮށްފައި ވަނިކޮށެވެ.
އީސީގެ މެމްބަރު އަކުރަމް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ބައެއް ހޯދަން ކުރި އިއުލާނާއި ގުޅިގެން އެކަމަށް ޝައުޤުވެރިވެ ބީލަން ހުށަހެޅީ އެމް7 އިންނާއި ނޮވެލްޓީ އިން ކަމަށެވެ. އެހެންކަމުން ބިޑްތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތްކޮށް، ވީހާވެސް އަވަހަށް ވޯޓު ކަރުދާސްތައް ޗާޕުކުރަން ބަޔަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.