ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓުގައި، ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުންޏާ އެކު މަހްލޫފް މުއާމަލާތްތަކެއް ކުރެއްވި ކަން ހާމަވުމާ އެކު، އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑު ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މަޙްލޫފަށް އަންގަވާފައެވެ.
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓަރު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނުބަލާ ކަމަށް އޭސީސީން އެންގީ އެމަނިކުފާނު މިދިޔަ އަންގާރަ ދުވަހު އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގަ އެވެ. އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލައެއް މިހާތަނަށް ބަލާފައިނުވާ ކަމަށާއި އަދި ބަލަމުން ނުދާ ކަމަށް ވެސް އޭސީސީން ދިން ޖަވާބުގައި ވެއެވެ.