ނިޔުޒީލަންޑުގެ ކްރައިސްޓް ޗާޗު ޓައުންގެ 2 މިސްކިތެއގައި މިއަދު ހުކުރު ނަމާދަށް ތިއްބައި ހަމަލާދީ 49 މީހުން ޝަހީދުކޮށްލައި، އަދި 20 މީހުން ޒަޚަމްކޮށްލައިފިއެވެ. އެ އަވަށަކީ ދިވެހިން ވެސް ދިރިއުޅޭ އަވަށެއް ނަމަވެސް މިހާދިސާގައި އެއްވެސް ދިވެއްސަކު މަރުނުވާކަމަށް ފޮރިން މިނިސްޓްރީން މިހާރު ވަނީ ބުނެފައެވެ.
ނިޔުޒީލަންޑުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ މިއީ ދުރާލައި ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި ހާދިސާގައި މަރުވެފައިވަނީ ހަމަ އެކަމަނާގެ ރައްޔިތުން ކަމަށެވެ.
މަސްޖިދް އަލްނޫރުގައި ހުރި މީހަކު ބުނެފައިވަނީ ހެލްމެޓެއް އަޅައިގެން ކަޅު ހެދުމުގައި ހުރި މީހަކު މިސްކިތަށް ވަދެ އޮޓޮމެޓިކް މެޝިން ބަޑިއަކުން ހަމަލާދޭން ފެށީ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިފަދަ ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ކުރިންވަނީ ލިބިފައެވެ.
މިމައްސަލއިގައި ތުހުމަތު ކުރެވޭ އަންހެނަކާއި 3ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގެ ލީޑަރުން މިހާރުވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައިފައެވެ.