ނިޔުޒީލަންޑުގެ މިސްކިތަށް ހަމަލާދިނުމުގައއި އިސްކޮށް ހުރީ އެމެރިކާގެ ރައީސް ޓްރަމްޕްގެ މުސްލިމުންނާއި ދެކޮޅު ސިޔާސަތުތަކަށް ތާއީދުކުރާ އަދި ނޯވޭގެ އެންޑަރޒް ބްރެވިކް އާއި ގުޅުން އޮތް ސަޕޯޓަރެއްކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.
ނިޔުޒީލަންޑުގެ ފުލުހުންގެ އިސްފަރާތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އޭނާއަކީ ޓްރަމްޕުގެ "މުސްލިމުން ދެކެ ރުޅިއާދޭ" ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ޓްރަމްޕުގެ ސަޕޯޓަރެއް ކަމަށާއި ހަމަލާދިނުމުގެ ކުރިން އޭނާ ބްރެވިކް އާ މަޝްވަރާ ކުރި ކަމަށެވެ. ބްރެވިކް އަކީ 2011 ވަނަ 77 މުސްލިމުން މަރާލާފައިވާ ޓެރަރިސްޓެކެވެ. 28 އަހަރުގެ މީހާ ބުނެފައިވަނީ ހަމަލާދިނުމުގެ ކުރިން ބްރެވިކްގެ "ހެޔޮ ދުޢާ" ހޯދި ކަމަށެވެ.
މިއަދުގެ ހަމަލާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އަލް ނޫރު މިސްކިތުގައެވެ. ޕޮލިސް ކޮމިޝަނަރ މައިކް ބުޝް ދާދި ދެންމެ ދިން މައުލޫމާތުގައި ބުނެފައިވަނީ އަލް ނޫރު މިސްކިތުގައި 41 މީހަކު މަރުވެފައިވާ ކަމަށެވެ. އެސަރަހައްދުން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދެވަނަ އަށް ހަމަލާ ދިން ލިންވުޑް މިސްކިތާއި އަލް ނޫރު މިސްކިތަކީ 3 ކިލޯ މީޓަރު ދުރުމިނުގައި ހުންނަ 2 މިސްކިތެވެ.