ބަޑިޖަހަން ހުރި މީހާގެ ފުރަގަހުން ބައްދައި ބަޑި ވެއްޓެންދެން ހިފެހެއްޓި މީހާއަށް ގިނަ ބައަކު ތަޢްރީފް ކުރަމުން އެބަގެންދެއެވެ. އެއީ މަރަށް ބިރުނުގެން ބަޑިޖަހަން ހުރި މީހާ މައިތިރި ނުކުރި ނަމަ އިތުރު އެތައްބައަކު ޝަހީދުވާނެތީއެވެ.
މިއަދުގެ ހަމަލާގައި ނިޔުޒީލަންޑުގައި ތިބި ގިނަ އަދަދެއްގެ ރިފިޔުޖީން ވެސް ވަނީ މަރުވެފައެވެ. އެއިގެ ތެރޭގައި ސީރިޔާގެ މީހަކާއި އޭނާގެ 2 ދަރިންވެސް ހިމެނެއެވެ. ޒަޚަމްވީ 20 މީހުން ކަމަށް ކުރިން ބުނި ނަމަވެސް 50 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުން ފަރުވާދިންކަން މިހާރު ވަނީ އެނގިފައެވެ.
މިހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރީ އޮސްޓްރޭލިއާއަށް އުފަން 28 އަހަރުގެ މީހެކެވެ. އޮސްޓްރޭލިއާ ޢާއި ނިޔުޒީލޭންޑަކީވެސް މުސްލިމުން ބަދުނާމުކޮށް މުސްލިމުންނަށް ގޯނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ 2 ޤައުމެވެ.
މިއަދު ހަމަލާދީފައިވާ ކްރައިސްޓް ޗާޗް އަވަށަކީ އެ ޤައުމުގެ ކުޑަ އަވަށެކެވެ. އެ އަވަހަށް އެންމެ ފަހުން ދުނިޔޭގެ ސަމާލުކަމަށް އައީ 2011 ވަނަ އަހަރު ސުނާމީ އަރައި 180 އަށްވުރެ ގިނަ މީހުން މަރުވުމުންނެވެ.