ނިޔުޒީލަންޑުގެ މުސްލިމުން މިސްކިތްތަކަށް ނުދިއުމަށް ފުލުހުން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނިޔުޒީލަންޑުގެ މުސްލިމުން މިސްކިތްތަކަށް ނުދިއުމަށް ފުލުހުން އަންގައިފި

ނިޔުޒީލަންޑުގެ މުސްލިމުން މިސްކިތްތަކަށް ނުދިއުމަށް ފުލުހުން އަންގައިފި އެވެ. ފުލުހުން ބުނީ ޓެރަރިސްޓުންގެ ކަންކަން ބަލައި ހޯދައި ނިމެންދެން ހުކުރަށްވެސް މިސްކިތްތަކަށް ނުދިއުމަށް އަންގާ ކަމަށެވެ. 5 މިލިއަންގެ އާބާދީއެއް އޮންނަ ނިޔުޒީލަންޑުގައި 46000 މުސްލިމުން ވަރު ދިރިއުޅެއެވެ. މިއީ ނިޞްބަތުން ވަރަށް މަދު އަދަދެކެވެ. ނިޔުޒީލަންޑުގައި ހުންނަނީ 60 ވަރަކަށް މިސްކިތެވެ.

މުޅި ނިޔުޒީލަންޑުގައި މިހައި މަދު އަދަދެއްގެ މިސްކިތް ހުރިއިރު އެތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ބެލެހެއްޓުމުގެ ބަދަލުގައި މިސްކިތްތަކަށް ނުދާން އެންގުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މިއަދުގެ ހަމަލާގެ އަޑީގައި ތިބި ކަމަށް ބެލެވޭ ބައެއް ފަރާތްތަކުން މައްސަލައިގެ މޫނުމަތި ބަދަލުކުރުމުގެ ގޮތުން ގެންދަނީ މުސްލިމުންނަށް ހަމްދަރުދީ ފައުޅުކުރަމުންނެވެ. މީގެ ތެރޭގައި ޔަހޫދީ ފައްޅިތައްވެސް ހިމެނެއެވެ.

މިއަދު އޮންލައިން