މިސްކިތަށް ހަމަލާދިން ވީޑިއޯ ނުފެތުރުމަށް ދީނީ ޢިލްމުވެރިންނާއި އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިސްކިތަށް ހަމަލާދިން ވީޑިއޯ ނުފެތުރުމަށް ދީނީ ޢިލްމުވެރިންނާއި އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުން!

ނިޔުޒީލަންޑުގެ މިސްކިތަށް މިއަދު ހަމަލާގެ ވީޑިއޯ ވީޑިއޯ ނުފެތުރުމަށް ދީނީ ޢިލްމުވެރިންނާއި އިސް ބޭފުޅުން ގޮވާލައްވަމުން އެބަގެންދަވައެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ އެ ވީޑިއޯ ވީހައި ގިނަ ބައަކަށް ފެތުރުމަކީ ހަމަލާދިން މީހާ އެންމެ ބޭނުންވާނެ ކަންތައް ކަމަށެވެ. އެހެންކަމުން އެ ފުރުޞަތު އޭނާއަށް ނުދިނުމަށް އެދޭ ކަމަށެވެ.  

އިމާމް ޢުމަރު ސުލައިމާން ވިދާޅުވީ ފެނިގެން މިދަނީ ކާފަރުން ބަލިކަށިވެ މާޔޫސްވަމުން އަންނަ ތަން ކަމަށާއި މިއީ ހިތްވަރުގަދަ މީހުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށެވެ. ބައަކު މުސްލިމުންގެ ބޮލުގައި އިލްޒާމްތަކާ ބަދުނާމުތައް އެޅުވި ނަމަވެސް ޙަޤީޤީ އެއްވެސް މުސްލިމަކު އެހެން ދީންތަކުގެ މީހުން އަޅުކަންކުރަން ތިބޭ ތަންތަނަސް ވަދެ ހަމަލާ ނުދޭނެ ކަމަށެވެ.  

ޢުމަރު ސުލައިމާން ވިދާޅުވީ މިގޮތަށް ބައަކު ދޭ ހަމަލާއަކުން މުސްލިމުންގެ ހިތްވަރު އެލުވައި ނުލެވޭނެ ކަމަށާއި އިސްލާމް ދީނަށް ލިބޭނީ އިތުރުކުރިއެރުން ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދުވެސް ދާނީ އިތުރުވަމުން ކަމަށެވެ.  

މިއަދުގެ ހަމަލާ އާއި ގުޅިގެން މިމޭރުމުން ވަރަށް ގިނަ ޢިލްމުވެރިން ވަނީ ބަޔާންތައް ނެރުއްވައިފައެވެ.

މިއަދު އޮންލައިން