އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ ނިޔުޒީލަންޑުގެ 2 މިސްކިތަށް އިއްޔެ ދިން ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލަށް ވަނުން ފުލުހުން މަނާކޮށްފިއެވެ.
ރަސްމީ އިދާރާތަކުން މިކަން ކަށަވަރުކޮށްދީފައިވީނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ. ހޮސްޕިޓަލަށް ވަނަ ނުދިނުމަށްޓަކައި ފުލުހުންގެ ކާރެއް ވަނީ ދޮރު ހުރަހަށް ޕާކުކޮށްފައެވެ.
އިއްޔެ ހަމަލާދިން އެއް މިސްކިތް ކަމަށްވާ ލިންވުޑް މިސްކިތުގެ އިމާމް ވިދާޅުވީ ޓެރަރިސްޓުން ރާބައިގެން ހަމަލާއެއް ދިން ނަމަވެސް އެއީ ނިޔުޒީލަންޑުގެ ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. ނިޔުޒީލަންޑުގެ ރައްޔިތުންގެ ގިނަ މީހުންނަކީ މުސްލިމުންނަށް އިޙްތިރާމް ކުރާ ބައެއް ކަމަށާއި މުސްލިމުން ނިޔުޒީލަންޑުގައި ދިރިއުޅެނީ ހިތްހަމަޖެހިގެން ކަމަށެވެ.
Hawke's Bay Hospital is in lockdown as the police respond to an unspecified threat.
— RNZ (@radionz) March 16, 2019
A witness says a police car is blocking the entrance to the hospital on Omahu Road, turning people away.https://t.co/xXgjUQUfCm