ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 33ސ
ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތަކު މިއަދު ހެނދުނު މަރުވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު، ނޭވާލާން އުނދަގޫވެގެން އުނދަގޫ ވެގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި ކަމަށެވެ. ނަމަވެސް އެމީހާގެ މޭގަ ރިއްސާތީ ފަހުން ދެ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ފަހުން ފަހަރު ގެންދިޔައިރު އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

 

ބަންގްލަދޭޝްގެ އެފިރިހެންމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:17 ގައެވެ.

މިއަދު އޮންލައިން