ނިޔުޒީލަންޑުގެ 2 މިސްކިތަށް އިއްޔެ ހަމަލާދިން ޓެރަރިސްޓުން މަސައކަތްކުރީ ހުކުރަށް ގޮސް ތިބި އެންމެން ޝަހީދުކޮށް އެކަމުގެ ރެކޯޑެއް ހަދަން ކަމަށް ހަމަލާއިން ސަލާމަތްވި މީހަކު ބުނެފިއެވެ. "މާތް ﷲ އެފުރުޞަތު ނުދެއްވެވީ! އެމީހުން މަސައްކަތްކުރީ ނަމާދަށް ތިބި އެންމެން ޝަހީދުކޮށްލަން.!
ކާކު ހީކުރާނީ ބަޑިޖަހަން ހުރި ހުރި މީހަކާ ހުސްއަތާ ގޮސް ކުރިމަތިލާން ކެރޭނެ ކަމަށް! ނަމަވެސް މާތް ﷲ އެ ވިސްނުމާ ޤާބިލުކަމާ ހިތްވަރު މީހަކަށް ދެއްވެވީ! ނޫން ނަމަ އޭނާ ހަމަލާދިނުން ހުއްޓައިލާނީ ނަމާދަށް ތިބި އެންމެން ޝަހީދުކުރުމަށްފަހު."
ހަމަލާ ދިން ޓެރަރިސްޓް ވަނީ އެކަމަށް ވަރަށް ގިނަ ތަމްރީނުތައްވެސް ހޯދައިފައެވެ. ނިޔުޒީލަންޑުގެ ރައިފަލް ކްލަބުގެ މެންބަރަކަށްވެ ބަޑި އާއިބެހޭ މައުލޫމާތާއި ބަޑި ޖެހުމުގެ ތަމްރީނުތައް އޭނާ ވަނީ ހޯދައިފައެވެ. ާ
ހަމަލާދިން މީހާއަކީ ނިޔުޒީލަންޑުގެ ރައިފަލް ކްލަބުގެ މެންބަރެކެވެ. އެ ކްލަބުން ބުނެފައިވަނީ އޭނާއަކީ 2018 ވަނަ އަހަރުން ފެށިގެން އެކްލަބުގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ މީހެއް ކަމަށާއި އޭނާގެ އަމަލުތައ ހުންނަ ގޮތުން މިފަދަ ހަމަލާއެއް ދީފާނެ ކަމަށް ކުރިން ތުހުމަތުވެސް ނުކުރެވޭ ކަމަށެވެ. އަދި މިފަދަ ކަމެއް ކޮށްފާނެކަން ދޭހަވާފަދަ ވާހަކައެއްވެސް ކްލަބުގެ އެއްވެސް މެނަބަރަކާއިއެކު ދައްކާފައި ނުވާ ކަމަށެވެ.