ނިޔުޒީލަންޑުގެ ދެ މިސްކިތަކަށް އިއްޔެ ދިން ޓެރަރިސްޓް ހަމަލާތަކުގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ބޮޑެތި އަނިޔާތައް ލިބުނު 7 މީހެއްގެ އޮޕަރޭޝަން މިހާރު ވަނީ ކޮށްފައެވެ. އަދި އިތުރު 39 މީހަކަށް މިހާރުވެސް ގެންދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 11 މީހަކަށް ފަރުވާދެމުން ގެނަދަނީ އައިސީޔޫގައެވެ.
މުސްލިމުންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ހޮސްޕިޓަލު ކައިރީގައި މިހާރުވެސް ގިނަ ބައަކު އެބަތިއްބެވެ. އެމީހުން ޞުލްހަވެރިކަމާއިއެކު މަޑުކޮށްގެން ތިބެ ބުނަމުން ދަނީ ނިޔުޒީލަންޑަކީ އެއް ޢާއިލާއެއްގެ ގޮތުގައި ދިރިއުޅޭ ބައެއް ކަމަށާއި އެއްވެސް ބާވަތެއްގެ ޓެރަރިޒަމްގެ އަމަލަކަށް ތާއީދު ނުކުރާ ކަމަށެވެ. މީގެ އިތުރުންވެސް މިއަދު ހެނދުނު އެކި ސަރަހައްދުތަކަށް ގިނަ ބައަކު އެއްވެ ވަނީ ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކޮށްފައެވެ.
ފުލުހުން ބުނަނީ ޝަހީދުވި މީހުންގެ ޖަނާޒާގެ ކަންކަމަށް އެހީތެރިވެދެމުން ގެންދާ ކަމަށެވެ. ސަރުކާރުން ވަނީ ހާލުގައި ޖެހުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.