ނިޔުޒީލަންޑުގެ މުސްލިމުންނާއި ޒިޔުޒީލަންޑުގައި ދިރިއުޅޭ މުސްލިމުން މުސްލިމުން ނިޔުޒީލަންޑުގެ ރައްޔިތަކަސް ކުރީ ކޮން އުނދަގުލެއް ކަމާއިމެދު ލިންވުޑް މިސްކިތުގެ އިމާމްގެ ދަރިކަލުން މުޙައްމަދު ޢަބދުލްޙަލީމް ސުވާލު އުފައްދަވައިފިއެވެ.
ރޭޑިއޯ ނިޔުޒީލަންޑަށް ދެއްވި އިންޓަރވިޔުއެއްގައި ކީރިތި ކުރައްވަމުން މުޙައްމަދު ޢަބްދުލްޙަލީމް ވިދާޅުވީ ނިޔުޒީލަންޑުގައި ދިރިއުޅޭ މުސްލިމުންނަކީ އަވަށްޓެރިންނާއި ވަރަށް ބޮޑަށް ގުޅި އެކުވެރިކަމާއިއެކު ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. ހިތުގައި އޮންނަ އީމާންކަން ފިޔަވައި އެއްވެސް ކަމެއްގައި އެހެން ރައްޔިތުންނާއި ތަފާތު ގޮތަކަށް އެއްވެސް ކަމެއް ކުރާ ވެސް ބައެއް ނޫން ކަމަށެވެ.
"އަހަރެމެންނަކީ އެއްވެސް ދީނެއްގެ ބައަކާއި އަދާވާތްތެރިވާ ބައެއް ނޫން. އެހެން ބައަކާއި ޖައްސާލައިގެން އުޅޭ ބައެއްވެސް ނޫން. އަހަރެމެންނަކީ އެހެން ދީންތަކުގެ މީހުންނާއި ވެސް ހިނިތުންވެ ތިބެ ކުރިމަތިލާ ބައެއް. އެހީތެރިވާ ބައެއް. ވީމާ ނިޔުޒީލަންޑްގައި ދިރިއުޅޭ މުސްލިމުންނަށް ބައަކު ނަފްރަތުކުރަން ޖެހެންވީ އެއްވެސް ސަބަބެއް ނޯންނާނެ!"
ނިޔުޒީލަންޑުގެ އިސްލާމިކް ވިމަންސް ކައުންސިލުގެ ތަރުޖަމާނު އަރުޖުމް ރަޙްމާން ވިދާޅުވީ އިއްޔެގެ ހަމަލާތަކުގެ ސަބަބުން މުސްލިމުންނަށާއި އަދި އިންޞާފަށް ލޯބިކުރާ އެންމެންނަށް ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިފައި ކަމަށާއި މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމުން އިންސާނުންނަށް ލިބޭނެ ހިތްދަތިކަން އިހްޞާޞް ކުރެވޭނީ ހިތއް އޮންނަ ބައަކަށް ކަމަށެވެ.