ނިޔުޒީލަންޑުގެ މިސްކިތުގައި އިއްޔެ ހުކުރު ނަމާދަށް ތިއްބައި ބަޑިޖަހައި 49 މީހޫން ޝަހީދުކުރު ޓެރަރިސްޓް، ބްރެންޓަން ޓަރަންޓް ދެން އޭނާގެ ޝަރީއަތް ބާއްވަން ހަމަޖެހިފައިވާ އެޕްރިލް މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ޖަލުގައި ބަންދުކޮށްފައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ. އަދި އަމުރު ނެރެފައިވަނީ އެއްވެސް ލުޔެއްވެސް ނުލިބޭނެ ގޮތަށެވެ.
ކޯޓުގައި މިއަދު އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. މައްސަލަ އާއި ގުޅިގެން ކޯޓުން ހަމަޖައްސައިދިން ވަކީލު އޭނާ ޖަލުން ނެރުމަށް އެދިފައެއް ވެސް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޯޓުގައި އޭނާ ހުރިއިރު ހިނިތުންވެގެން ހުރެ ބެލީ ނޫސްވެރިންނަށެވެ. ނަމަވެސް އޭނާއަށް ކުރެވުނު ކުށާއިމެދު ކަންބޮޑުވެފައިހުރިކަން މޫނުމަތިން އެނގެއެވެ.
ނިޔުޒީލަންޑަކީ މީހުން މެރު މަދު ޤައުމެއް ނަމަވެސް އިއްޔެ ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން އެ ޤައުމުގައި ޓެރަރިސްޓުގެގެ ވިޔުގަ އޮތް މިންވަރާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.