މަޖިލިހުގެ އިންތިޚާބަށް މެމްބަރުން ހޮވުމުގައި ގާބިލް ބޭފުޅަކަށް ވޯޓް ދިނުމަށް އައިޝާ އެދިވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
މަޖިލިހުގެ އިންތިޚާބަށް މެމްބަރުން ހޮވުމުގައި ގާބިލް ބޭފުޅަކަށް ވޯޓް ދިނުމަށް އައިޝާ އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް މެމްބަރުން ހޮވުމުގައި ގާބިލް ބޭފުޅަކަށް ވޯޓް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ އެދިވަޑައިގެންފިއެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ކުރުމަށް ރޭ ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގައި އައިޝާ ވިދާޅުވީ "ތިޔަބޭފުޅުން އަރިހުން އެދެނީ ގާބިލް ބޭފުޅެއް ބައްލަވާށޭ. ކުލައަށް ބެލުން ނޫނީ އައީ ކޮން ދިމާލަކަށް ބެއްލެވުން އެއީ އަޅުގަނޑު އެހާ ބޮޑަށް ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ބޭފުޅަކަށް، އެ ބޭފުޅެއްގެ ދާއިރާއާއެކު ކުރިއަށް ދެވޭނެ ބޭފުޅަކީ ކޮބައިކަން ކޮންމެ ރައްޔިތަކު ވެސް ދެނެގަންނަން ޖެހޭ،" ކަމަށެވެ.

އައިޝާ ވިދާޅުވީ ޖަމީލަކީ ގާބިލް، ވިލިމާލެ ދާއިރާ އަށް ކުރިއެރުން ގެންނެވޭނެ ބޭފުޅެއްކަމަށާއި ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ބަލާއިރު، ޖަމީލަކީ އެއްވަނަ އަށް އަންނާނެ ކެންޑިޑޭޓުކަމަށެވެ.

 

މިއަދު އޮންލައިން