މާލެ އާއި ގުޅީފަޅު ގުޅުވާލުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭގައި ބޭއްވި މަޖިލިސް ކެމްޕެއިންގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް މި ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެ ކަމަށާއި އެގޮތުން ގުޅީފަޅު ހިއްކައިގެން ފްލެޓް ދޫކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގެ އެބައޮތް ގުޅީފަޅު ހިއްކުން ވެސް. މާލެ އާ ގުޅުވާމުން ވެސް ފުލެޓް ހައްގުވާ ބައެއް މީހުން ހުޅުމާލެ އިން ފްލެޓާއި ގޯތި ބޭނުންވާ އިރު، ގުޅިފަޅުން ފްލެޓާއި ގޯތި ބޭނުންވާ ބަޔަކު ވެސް އެބަތިބި" ފައްޔާޒު ވިދާޅުވިއެވެ.