ނިޔުޒީލަންޑުގެ އަލް ނޫރު މިސްކިތުގައި ހުކުރު ނަމާދަށް ތިއްބައި ބަޑިން ހަމަލާ ދޭން ފެށުމުން އިމަރޖެންސީ ދޮރުން ނުކުމެ ފިލި ކުޑަ ކުއްޖަކާއި އިތުރު 15 މީހުންނަށް އެ ސަރަހައްދުގައި ދިރިއުޅޭ ލޮލުގެ ޑޮކަޓަރަކު ހިމާޔަތް ދީ މެހްމާން ދާރީ އަދާކުރި ފުރިހަމަކަމަށްޓަކައި ގިނަ ބައަކު ދަނީ ތަޢްރީފް ކުރަމުންނެވެ.
އިރްފާން ބުނީ އޭނާ ނަމާދަށް ހުރީ މިސްކިތުގެ ކުޑަކޮޓަރިއެއްގައި ކަމަށާއި ބަޑިޖަހާ އަޑު އިވެން ފެށުމުން އިމަރޖެންސީ ދޮރުން ނުކުމެ މިސްކިތުގެ ގޭޓްކައިރިއަށް ދިއައިރު ގިނަ ބައަކު ގޭޓްމަތިން އަރަނީ ކަމަށެވެ. އަދި އޭނާއަށް ގޭޓްމަތިން އެރުނީ އެހެން މީހުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
"ސަލާމަތްވާން އަހަރެންވެސް ދުވީ. ދުވަމުން ގޮސް ވަދެވުނީ ލޮލުގެ ޑޮކަޓަރެއްގެ ގެއަށް. އެއީ ވަރަށް ރަނގަޅު މީހެއް. އަހަރެމެންނަށް ކާނެ އެއްޗެތިވެސް ދިން. ބޭސްވެސް އަޅައިދިން. އަހަރެންގެ އިތުރުން 15 މީހަކު އެގޭގައި ޑޮކްޓަރުގެ ހިމާޔަތުގައި ބޭތިއްބި." ސަލާމްވި ކުޑަޖެއްޖެއް ކަމަށްވާ އިރްފާން މިވާހަކަތައް ކިޔައިދިނުމުން ގިނަ ބައަކު ދަނީ ޑޮކްޓަރަށް ތައުރީފް ކުރަމުންނެވެ.