ވާގިނެތް ފިރިމީހާ ސަލާމަތްކުރަން ދިއަ އަނބިމީހާ ވެސް ޝަހީދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ވާގިނެތް ފިރިމީހާ ސަލާމަތްކުރަން ދިއަ އަނބިމީހާ ވެސް ޝަހީދު!

އުމުރުން 42 އަހަރުގެ އަރާ ޕަރްވީން މިސްކިތަށް ދިއައީ ވާގި ނެތިފައިވާ ފިރިމީހާ ގޮވައިގެންނެވެ. މިސްކިތަށް ގޮސް ފިރިހެނުންގެ ފަޅީގައި ފުރޮޅުލީ ގޮނޑީގައި ފިރިމީހާ ބެއިންދުމަށްފަހު ޕަރްވީން ދިއައީ އަންހެނުންގެ ފަޅިއަށެވެ. 

ބަޑިޖަހަން ފެށުމުން ޕަރްވީން ދުވެފައި ފިރިހެނުންގެ ފަޅިއަށް ދިއައީ ފިރި މީހާ ސަލާމަތް ކުރެވޭތޯއެވެ. ނަމަވެސް އެފަޅިއަށް ވަދެވުމުގެ ކުރިން ވަނީ ބަޑިޖަހައި ޝަހީދުކޮށްލައިފައެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން ފިރިމީހާ ވަނީ މަރުނުވެ ސަލާމަތްވެފައެވެ.

 

ދެމަފިރިންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދަރިކޮޅެއްގެ ބައެކެވެ.

މިއަދު އޮންލައިން