ނިޔުޒީލަންޑުގެ މިސްކިތުގައި ޓެރަރިސްޓް ބަޑިޖަހަޖަހަ ހުއްޓާ އެއްވެސް ބިރެއް ނެތި ގޮސް އޭނާގެ ގައިގައި އޮޅުލައިގަނެ ބެއްދި ނަޢީމް ރާޝިދު ނިޔާވީ ހޮސްޕިޓަލަށް ގެންދިއަ ފަހުންނެވެ. އޭނާގެ 21 އަހަރުގެ ދަރިފުޅު ޠޮލްޙާ ވަނީ ހަމަލާގައި ޝަހީދުވެފައެވެ.

ރާޝިދަކީ ޓީޗަރެކެވެ. ޓެރަރިސްޓުގެ ގައިގައި ބައްދައިގަތުމުން މިސްކިތުގައި ތިބި މީހުންނަށް ސަލާމަތްވުމުގެ ފުރުޞަތު ލިބުނެވެ. ރާޝިދުގެ ގައަށް އެތައް ބައިވަރު ވަޒަންތަކެއް ފޮނުވައިލުމުން ރާޝިދު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

ޓެރަރިސްޓް ހުރީ އޭނާއަށް ހަމަލާއެއް ދީފާނެ ކަމަށް ބަލައި ސަލާމަތީ ޖެކެޓްވެސް ލައިގެން ކަމަށް މީހަކު ބުނެފައިވެއެވެ.
ފާހަގަކުރަންވީ ނަޢީމް ރާޝިދުގެ ހިތްވަރުގަދަކަމެވެ. އާކުރަންވީ އެފަދަ ބަޠޮލުންގެ ޛިކުރާ ތަކެވެ. މާތް ﷲ ނައީމް ރާޝިދާއި ޝަހީދުވި އެންމެންގެ ފުރާނައަށް އެންމެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި! ފަރުވާ ހޯދަމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވަވާށި! އާމީން.