ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިމީހާ ހޯދަން ފަށައިފިއެވެ،
މި އަމުރާ ގުޅިގެން ހޯދަނީ ޏ.ފުވައްމުލައް / މުބާޙްމަންޒިލް، އިބްރާޙިމް ޢަލީ (55އ) އެވެ.
އިބްރާޙިމް ޢަލީ ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 18 ވަނަ ދުވަހުގެ 10:00ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އިބްރާޙިމް ޢަލީ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.