ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފިއެވެ.
މިމައްސަލައިގާ ހޯދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ.ރޮކޮން މޮއްލާ (28އ)އެެވެ.
މިމީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅާއި ޙިއްސާކުރުމަށް އެދެއެވެ.