ގިނަ އަދަދެއްގެ ބަނގުރާ އެކު 8 ބިދޭސިން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 36ސ
ގިނަ އަދަދެއްގެ ބަނގުރާ އެކު 8 ބިދޭސިން ހައްޔަރުކޮށްފި

މައްޗަންގޯޅި ގެއެއްގެ ތެރޭގައި ދިރިއުޅޭ ބަޔަކު ބަނގުރާ އުފައްދައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ މައުލޫމާތު ލިބުމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ހިންގި އޮޕަރޭޝަނެއްގަ އަށް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަންގައި ބަނގުރާ  އަލާފައި ހުރި 500 އެމްއެލްގެ 888 ޕްލާސްޓިކް ފުޅި އާއި ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އާއި 14 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 33 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި މި 8 މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންނެވެ .



މިއަދު އޮންލައިން