ހައިވޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް، ޑިވައިޑަރ ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރު 11:34 ހާއިރު ކަމަށެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ދުއްވާފަ ދިޔަ އެޓެކްސީ، ހަތަރު ލޭން ނިމޭ ހިސާބުގައި (ހުޅުމާލެއާއި ކައިރި) ހުރި ޑިވައިދަރު ތަކުގައި ޖެހިގެންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ކަމުގައިވިޔަސް، ބައެއް ޑިވައިޑަރުތައް ވަނީ ފުނޑިފައެވެ.
އެކްސިޑެންޓު ހިނގިއިރު، ޓެކްސީގައި އިނީ ޑްރައިވަރު އެކަންޏެވެ. އޭނާއަކީ ލައިސެންސް އޮތް އަދި ޓެކްސީ ކުރުމުގެ ހުއްދަ ވެސް އޮތް ފަރާތެއް ކަަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.