ލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހުރިހާ މަގެއް ތަރައްގީ ކޮށް ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހުރިހާ މަގެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި އެކަން ކުރާނީ މާލޭހެ ދެމަގެއް ފިޔަވާ ހުރިހާ މަގުތަކުގައި ތާރު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ތާރު ނާޅާ ދެމަގެއް ޝަމާއު ވިދާޅެއް ނުވެއެވެ.
ޝަމާއު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.
މާލޭގައި މިހާރު ތާރު އަޅާފައިވަނީ ބޮޑުތަކުރުފާނު މަގާއި އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އިއްޒުއްދީން މަގުގަ އެވެ.