ހިލަ އާއި ހިލަވެލި އަދި އެހެނިހެން އަސާސީ ތަކެތި އެތެރެކުރުމުގެ ކޯޓާ އިންޑިއާ އިން ރާއްޖެއަށް ތިން އަހަރަށް އިތުރުކޮށްދީފިއެވެ.
މިކަން އިއުލާނުކުރެއްވީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖެވެ.
އޭޕްރިލް 1 އިން ފެށިގެން ތިން އަހަރު ދުވަހަށް ކޯޓާ ދޫކުރަން އިންޑިއާ އިން ނިންމިއިރު މީގެ ކުރިން ކޮންމެ އަހަރަކު ކޯޓާ އާކުރަން ޖެހެއެވެ.
ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާ ނުކޮށްދީ އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.
ހިލަ އާއި ހިލަވެލީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް އެތެކުރާ އަސާސީ ތަކެއްޗަކީ އަލުވި، ފިޔާ އަދި މުގެވެ.