އިންޑިއާއިން އައިޖީއެމް ހޮސްޕިޓަލްގެ އާބާތުރަފިލުވުމުގެ މަޝްރޫއުއެއް ހިންގުމަށް ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އިންޑިއާއިން އައިޖީއެމް ހޮސްޕިޓަލްގެ އާބާތުރަފިލުވުމުގެ މަޝްރޫއުއެއް ހިންގުމަށް ނިންމައިފި

އައިޖީއެމް ހޮސްޕިޓަލްގެ އާބާތުރަފިލުވުމުގެ މަޝްރޫއުއެއް ހިންގުމަށް އިންޑިއާއިން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އިންޑިއާއިން ދިވެހިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫއު ފައްޓަވައި ދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވާރެޖް އެވެ. 

ސުޝްމާ ސުވާރެޖް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ އައިޖީއެމްއެޗަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އިއްޔެ ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވާފަ އެވެ. އަދި މިއަދު ހެނދުނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލު ކުރެއްވިއެވެ.

މިއަދު އޮންލައިން