ފެނަކައިގެ އެމްޑީ މަޖިލިހުގެ ކޮމިޓީ ހާޒިރު ކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ފެނަކައިގެ އެމްޑީ މަޖިލިހުގެ ކޮމިޓީ ހާޒިރު ކުރަނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، ރައްޔިތުންގެ ނަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މާދަމާ ހާޒިރު ކުރަން ނިންމައިފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އަހުމަދު ސައީދު ކޮމިޓީ އަށް ހާޒިރު ކުރަނީ ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޓީގެ ހަތަރު މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އަހުމަދު ސައީދު ކޮމިޓީ އަށް ހާޒިރު ކުރަން ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.

މިކަމާގުޅިގެން ކޮމިޓީން މިއަދު ނިންމާފައިވަނީ މާދަމާ މެންދުރު 2:00 ގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.

މިއީ، މި ސަރުކާރުގެ ކުންފުންޏެއްގެ ވެރިއަކު މަޖިލިހުގެ ކޮމިޓީ އަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

 

 

މިއަދު އޮންލައިން