އިންޑިއާގެ ޚާރިޖީ ވަޒިރު ފުރާވަޑައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
އިންޑިއާގެ ޚާރިޖީ ވަޒިރު ފުރާވަޑައިގެންފި

ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ފުރާވަޑައިގެންފިއެވެ. 

ސުޝްމާގެ ދަތުރުގައި، ދެ ގައުމުން ކުރި މަޝްވަރާތަކަށް ފަހު، އެ ގައުމުން ރާއްޖެ އަށް ބައެއް ކަންތައްތަތައް ކޮށްދޭން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން، ރާއްްޖެ އަށް އެ ގައުމުން އެތެރެކުރާ އަސާސީ ބައެއް ތަކެތީގެ ކޯޓާ އިތުރު ކޮށްދިނުމާއި ސިއްހީ ދާއިރާ ތަރައްގީ ކުރަން އެހީތެރިވުން ކުރިއަށް ގެންދަން އެއްބަސްވި އެވެ. އަދި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އެއްބަސްވި އެވެ. 

އެއާޕޯޓުން ސުޝްމާއަށް އަލްވަދާއު ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއަދު އޮންލައިން