މިސްކިތުގަ ބަޑިޖެހީ އިސްލާމް ދީން ނިކަމެތިކުރަން- ޕާލަމެންޓް ގުގުމައިލީ ކީރިތި ޤްރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިސްކިތުގަ ބަޑިޖެހީ އިސްލާމް ދީން ނިކަމެތިކުރަން- ޕާލަމެންޓް ގުގުމައިލީ ކީރިތި ޤްރްއާނުން!

މުސްލިމުންނާއިމެދު ހިތުގައިވާ ހަސަދަވެރިކަން ފުރި އުތުރުއަރައި ނުހިފެހެއްޓުމުން ނިޔުޒިލަންޑުގެ ދެ މިސްކިތުގައި ބަޑިން ހަމަލާދީ 50 މުސްލިމުން ޝަހީދުކޮށް 60 އަށްވުރެ ގިނަ މުސްލިމުން ޒަޚަމްކޮށްލީ އިސްލާމް ދީން ނިކަމެތިކުރުމުގެ ބޭނުމުގައި ނަމަވެސް އެކަން ވެގެން ދިއައީ ނިޔުޒީލަންޑުގެ ޕާލަމެންޓުގައި ފުރަތަމަ ފަހަރަށް ކީރިތި ޤްރްއާނުގެ އާޔަތްތަކުގެ އަޑުން ގުގުމައިލި ސަބަބަކަށެވެ.


މީގެ އިތުރުން އަންގާރަ ދުވަހުގެ ޕާލަމެންޓްގައި ވަނީ ކިޔެވި ކީރިތި ޤްރްއާނުގެ އާޔަތްތަކުގެ މާނަވެސް ކިޔައިފައެވެ.



ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވީ އިމާމް ނިޒާމުލް ޙައްޤް ތަންވީއެވެ. ތަރުޖަމާ ވިދާޅުވެ ދެއްވީ އިމާމް ޠާހިރު ނަވާޒް އެވެ. އިމާމް ވިދާޅުވީ ﷲ ތަޢާލާ ވޮޑިގެންވަނީ ނަމާދުކުރާ މީހުންނާއި އަދި ކެތްތެރިންނާއިއެކުގައި ކަމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވި އާޔަތުން ފެށިގެންނެވެ.


މީގެ އިތުރުން ޓެރަރިސްޓް ހަމަލާ ވެގެން ދިއައީ ނިޔުޒީލަންޑުގެ ބޮޑުވަޒީރު ހިޖާބަ އެޅުއްވި ސަބަބަކަށްވެސްމެއެވެ.
އިމާމްގެ ކިޔަވާ ވިދާޅުވުން:

 

 

 

 

މިއަދު އޮންލައިން