ނިޔުޒީލަންޑުގެ ވީހާ ގިނަ އަންހެނުން ހުކުރު ދުވަހު ޙިޖާބަ އެޅުމަށް ބޮޑުވަޒީރު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ނިޔުޒީލަންޑުގެ ވީހާ ގިނަ އަންހެނުން ހުކުރު ދުވަހު ޙިޖާބަ އެޅުމަށް ބޮޑުވަޒީރު އެދިވަޑައިގެންފި

މުސްލިމުންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ވީހައި ގިނަ އަންހެނުން މާދަމާ (ހުކުރު ދުވަހު) ހިޖާބަ އެޅުމަށް ނިޔުޒީލަންޑުގެ ބޮޑުވަޒީރު ޖެސިންޑާ އެދިވަޑައިގެންފިއެވެ. 

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެނުން ބުނަމުން ގެންދަނީ މުސްލިމުންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން މާދަމާ ހިޖާބް އަޅާނެ ކަމަށެވެ. އަދި މިކަން އިންތިޒާމްކުރާ ޖަމިއްޔާ އިން ބުނެފައިވަނީ ހުރިހާ ދީނެއްގެ އަންހެނުން ވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. 

މީގެ އިތުރުން ގިނަ ސްކޫލްތަކެއްގެ އަންހެން ދަރިވަރުން ވެސް ހުކުރު ދުވަހު ހިޖާބް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން