ބާމިންހަމްގެ 4 މިސްކިތަކަށް ގެއްލުންދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބާމިންހަމްގެ 4 މިސްކިތަކަށް ގެއްލުންދީފި

އިނގިރޭސިވިލާތުގެ ބާމިންހަމްގެ 4 މިސްކިތަކަށް ރޭ ދަންވަރު ގެއްލުނަދީފިއެވެ. ރޭ ދަނވަރު 1.30 އާއި 2.30 ޢާއި ދެމެދު ދިން ގެއްލުންތަކުގެ ތެރޭގައި މުގުރަކުން ދޮރުތަކުގެ ބިއްލޫރިތައް ތެޅުން ފަދަ ކަންކަން ހިމެނެއެވެ. ގެއްލުން ލިބުނު 4 މިސްކިތުގެ ތެރޭގައި ވިޓޮން އިސްލާމިކް ސެންޓަރުވެސް ހިމެނެއެވެ. 

ފުލުހުން ބުނެފައިވަނީ މިކަމާއި ގުޅިގެން މިކަން ކުރި ސަބަބެއް އަދި ބުނަން ނުއެނގޭ ކަމަށާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގެންދަނީ މައްސަލަ ބަލަމުން ކަމަށެވެ. 

ބެލެވޭ ގޮތުން މިއީ މުސްލިމުން ބިރުގަންނަވަން ކުރި ކަމެކެވެ. އަދި ނިޔުޒީލަންޑުގެ ބޮޑުވަޒީރު މުސްލިމުންނަށް ދެއްވި ސަމާލުކަން ބޮޑުވުމުންވެސް އިސްލާމް ދީނުގެ އަދާވާތްތެރިން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

މިއަދު އޮންލައިން