ލުއިލޯނު ކިތަންމެ ލުއިވި ނަމަވެސް ރިބާ ހިމެނޭ ނަމަ ޙަރާމްވާނެ! ނުނަގާ!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލުއިލޯނު ކިތަންމެ ލުއިވި ނަމަވެސް ރިބާ ހިމެނޭ ނަމަ ޙަރާމްވާނެ! ނުނަގާ!: ޝައިޚް އިލްޔާސް

ރިބާ ހިމެނޭ ލޯނެއް ނަގާނަމަ. ލޯނުގެ ނަމަށް ލުއި ލޯނު ކީނަމަވެސް، އަދި ލުއި ލޯނު ކިތަންމެ ލުއިވި ނަމަވެސް އެ ލޯނުގައި ރިބާ ހިމެނޭ ނަމަ އެއީ ހަމަ ޙަރާމް ލޯނެކެވެ. އެފަދަ ލޯނު ނެގުމާއި ދޫކުރުމަކީވެސް ޙަރާމް ކަމެކެވެ. އަދި އެފަދަ ކަމެއްގައި މުޢާމަލާތުކޮށް ލިޔެކިޔުން ތައްޔާރުކުރުމަކީ ވެސް ޙަރާމް ކަންކަމެވެ. 

މާތް ﷲ ޙަރާމް ކުރެއްވެވި ކަންކަމުގެ ނަން ފަހު ޒަމާނުގައި ގިރިޓީ ކުރާނެއެވެ. ނަން ބަދަލުކޮށް އޮފް އަރުވާނެއެވެ. އަދި އެއީ ތަރައްޤީ ކަމަށްވެސް ބުނާނެއެވެ. އެ ތަރައްޤީ އާއި ނުލައި އުޅެވެން ނެތްކަމަށް އަދި ކުރިއަށް ދެވެން ނެތްކަމަށްވެސް ބުނާނެއެވެ. މިއީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން އެނެގެން ހުރި ކަންކަމެވެ. 

ރިބާ މީސްތަކުންގެ ތެރޭގައި ޢާންމުވެ ކޮންމެ ދޮރަކުން (ކޮންމެ ގެއަކަށް) ރިބާ ވަންނާނެއެވެ. އަދި ކިތަންމެ ގިނައިން ރިބާގެ މުޢާމަލާތްތައް ކުރި ނަމަވެސް ރިބާ ހިމެނޭ ކޮންމެ މުޢާމަލާތެއް ވާނީ ޙަރާމް މުޢާމަލާތަކަށެވެ. ޒަމާން ދިގުވެ މިޒަމާން އެ ޒަމާނެވެ ކިޔައި އުޅުނު ނަމަވެސް ﷲ ތަޢާލާގެ އެއްވެސް ޙުކުމްފުޅަކަށް ބަދަލެއް ނުއަންނާނެއެވެ. ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ހުއްދައެއް ނުކުރެވޭނެއެވެ. އަދި ހުއްދަ ކުރެއްވެވި އެއްވެސް ކަމެއް ޙަލާލެއްވެސް ނުކުރެވޭނެއެވެ. އެފަދަ ބަދަލެއް ގެނައުމުގެ ބާރު ލިބިގެންވާ އެއްވެސް ފަރާތެއް ނުވެއެވެ.

ވީމާ ރިބާ އާއި ﷲ ތަޢާލާ ޙަރާމް ކުރއްވަވާފައިވާ ހުރިހާ ކަމަކާއި ދުރުވެތިބޭށެވެ! ސަލާމަތްކަން ވަނީ އެގޮތުގައެވެ. 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން 

މިއަދު އޮންލައިން