ކޮބާ މުސްލިމުން ދެރަކުރެވިއްޖެތަ؟ - ހުކުރު ދުވަސް ވާނީ ނިޔުޒީލަންޑުގެ މުސްލިމުންނަށް މިހައި ތަނަށް އަންނާނެ އެންމެ ބޮޑު ޢީދު ދުވަހަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮބާ މުސްލިމުން ދެރަކުރެވިއްޖެތަ؟ - ހުކުރު ދުވަސް ވާނީ ނިޔުޒީލަންޑުގެ މުސްލިމުންނަށް މިހައި ތަނަށް އަންނާނެ އެންމެ ބޮޑު ޢީދު ދުވަހަށް!

މި ހުކުރު ދުވަސް ވެގެންދާނީ ނިޔުޒީލަންޑުގެ މުސްލިމުންނަށް މިހައި ތަނަށް އަންނާނެ އެންމެ އުފާވެރި، އެންމެ ބޮޑު ޢީދު ދުވަހަށެވެ! ހުކުރު ދުވަހު މުސްލިމުން ކުރާ ހުކުރު ނަމާދު ނިޔުޒީލަންޑުގެ ޤައުމީ ޓީވީން ވަގުތުން ޓެލެކާސްޓް ކުރާނެއެވެ. މުސްލިމުންނާއިއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ނިޔުޒީލަންޑުގެ ގިނަ އަދަދެއްގެ އަންހެނުން ހުކުރު ދުވަހު ހިޖާބަ އަޅާނެއެވެ. 

އަންގާރަ ދުވަހު ނިޔުޒިލަންޑުގެ ޕާލަމެންޓް ބައްދަލުވުން ފަށާފައިވަނީ ކީރިތި ޤްރްއާން ކިޔެވުމުންނެވެ. އަދި ކިޔެވި އާޔަތްތަކުގެ ތަރުޖަމާވެސް ވަނީ އިއްވައިފައެވެ. 

ނިޔުޒީލަންޑުގެ ޢާދާދީގައި ހިމެނޭ 5 މިލިއަން މީހުންނަށް ބަލާއިރު މުސްލިމުންގެ ނިޞްބަތަކީ އެންމެ 46000 ވަރެވެ. 2 އިންސައްތަވެސް ހަމަ ނުވާ އަދަދެކެވެ. އިސްލާމް ދީނަކީ ނިޔުޒީލަންޑް ރައްޔިތުން އެހައި ބޮޑަށް ދަންނަ، ރައްޓެހި، ފަރިތަ ދީނެއް ނޫނެވެ. ނަމަވެސް މިދިއަ ހުކުރު ދުވަހު އިސްލާމް ދީނަށް ޢަދާވާތްތެރިކަން ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓުންގެ ބައަކު 2 މިސްކިތަކަށް ދިން ބަޑީގެ ހަމަލާގެ ސަބަބުން ނިޔުޒީލަންޑް ރައްޔިތުންގެ ވަރަށް ބޮޑު ސަމާލުކަމެއް މިހާރުވެސް ވަނީ އިސްލާމް ދީނަށް ލިބިފައެވެ. ގިނަ ބައަކު ގެންދަނީ އިސްލާމް ދީނާއިމެދު ވިސްނަމުންނެވެ. 

ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ބަންޑާރަ މިސްކިތުގައި ދަރުސް ދެއްވަމުން މިރޭ  ވިދާޅުވީ ސައިންސް ވެރިން ނަމަވެސް އެހެން މީހަކު ނަމަވެސް އިސްލާމް ދީނާއިމެދު ވިސްނައިފިނަމަ އަންނަނީ އިސްލާމް ދީނުގެ މަތިވެރިކަން ޤަބޫލުކުރެވި އިސްލާމްވަމުން ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމް ދީން އަންނަނީ މަތިވެރިވަމުން ކަމަށެވެ.

މިއަދު އޮންލައިން