ސުޕަރނެޓް ސޭވަރ ޕްލޭން އާއި ޓަރބޯ ސްޕީޑް ބޫސްޓަރ އުރީދޫއިން ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސުޕަރނެޓް ސޭވަރ ޕްލޭން އާއި ޓަރބޯ ސްޕީޑް ބޫސްޓަރ އުރީދޫއިން ތައާރަފްކޮށްފި

ސުޕަރނެޓް ސޭވަރ ޕްލޭން އާއި ޓަރބޯ ސްޕީޑް ބޫސްޓަރ އުރީދޫއިން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ 6 މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވަރ ޕްލޭން މެދުވެރިކޮށް ވަރަށް ފުރިހަމަ ޑިސްކައުންޓް ލިބެއެވެ. އަދި 12 މަހުގެ ޕްލޭނާއި އެކު، އިތުރު ދެމަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ.މި ޕްލޭނުގު ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މަސްދުވަސް ތެރޭގައި ބޭނުންނުކުރެވި ބާކީވާ ޑޭޓާ އެލަވަންސް، މުޅި ޕެކޭޖުގެ މުއްދަތު ނިމެންދެން ބޭނުންކުރެވޭނެއެވެ. އަދިމި ޕްލޭންތަކާއި އެކު މަހުން މަހަށް ބިލް ދެއްކުމުގެ ދަތިތައް ވެސް ދުރުވެގެންދާނެއެވެ.

އުރީދޫ އިން މިއަދު ވަނީ، ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ ތައާރަފްކޮށްފައެވެ.

ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ޚާއްސަ ޕެކް އެކްޓިވޭޓްކުރުމާއި އެކު، 48 ގަޑިއިރާއި ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެއެވެ.މިގޮތުން، 2 އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރަށްވާ ކަސްޓަމަރެއްވެސް، ޓާރބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑި އިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެއެވެ.

ސުޕަރނެޓް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މިއަދު އުރީދޫ އިން ތައާރަފްކޮށްފައިވާ އޮފަރ ތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސް އަކީ އީޖާދީ ޓެކްނޮލޮޖީތަކާއި މާކެޓަށް މުޅިން އައު ޚިދުމަތްތައް ތައާރަފްކުރުމުގައި އަބަދުވެސް އިސްނަގާ ކުންފުންޏެކެވެ. 

މިއަދު އޮންލައިން