މިދިއަ ހުކުރު ދުވަހު ފެނުނީ ޓެރަރިސްޓެއްގެ އަނިޔާވެރިކަން- މިއަދު އިޙްޞާޞްކުރެވެނީ އެތައް މިލިއަން މީޙުންގެ ލޯބި!: އިމާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިދިއަ ހުކުރު ދުވަހު ފެނުނީ ޓެރަރިސްޓެއްގެ އަނިޔާވެރިކަން- މިއަދު އިޙްޞާޞްކުރެވެނީ އެތައް މިލިއަން މީޙުންގެ ލޯބި!: އިމާމް

މިދިއަ ހުކުރު ދުވަހު މި މަޤާމުގައި ހަމަ މި މިސްކިތުގައި ހުރިއިރު ފެނުނީ ޓެރަރިސްޓެއްގެ އަނިޔާވެރިކަން ކަމަށާއި ނަމަވެސް މިއަދު އިޙްޞާޞްކުރެވެނީ އެތައް މިލިއަން މީޙުންގެ ލޯތްބާއި ކުލުނާއި ހަމްދަރުދީ ކަމަސް އަލްނޫރު މިސްކިތުގެ އިމާމް ވިދާޅުވެއްޖެއެވެ.

އަލްނޫރު މިސްކިތުގެ އިމާމް މިއަދު ޚުޠުބާގައި ވިދާޅުވީ މިއަދު މިސްކިތް ވަށައިގެން އެހެން ދީންތަކުގެ އެތައް ހާސް ބައަކު ތިބިއިރު ނިޔުޒީލަންޑާއި އެހެން ޤަުމުތަކުގެ އެތައް މިލިއަން މީހުން ގެންދަނީ ޓީވީން މަންޒަރު ބަލައި އަޑު އަހަމުން ކަމަށެވެ. "އަހަރެމެންގ ހިތްތައް ވަނީ ފުނޑުފުނޑުވެފަ. ނަމަވެސް އަހަރެމެންގެ ހަށިތައް ފުނޑުފުޑެއް ނުވޭ.

އީމާން ކަމަކު އެންމެ ރެދެއްވެސް އަޅުވައެއް ނުލެވުނު. އީމާންކަންވީ އިތުރަށް ވަރުގަދަ. އަހަރެމެން އެހެން ދީންތަކުގެ މީހުންނާއިއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރާނަން. ވަރުގަދަކުރާނަން. އަހަރެމެން މުސްލިމުން ބައިބައިކޮށެއް ނުލެވޭނެ. މުޖުތަމައުގައި ބާކީއެއްވެސް ނުކުރެވޭނެ. އަހަރެމެން އަނިޔާވެރި ކަމެއް ނުކުރާނަން. އަދި ކުށެއްވެސް ނުކުރާނަން. ޓެރަރިސްޓް މަސައްކަތްކުރީ މުސްލިމުން ބަލިކޮށްލަން. ނައްތައިލަން. މުޖުތަމައުން ބާކީކޮށްލަން. ނަމަވެސް އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން."

އިމާމްވަނީ ބޮޑުވަޒީރާއި ސަރުކާރުން މުސްލިމުންނަށް ބެހެއްޓި ގާތްކަމާއި ނިޔުޒީލަންޑުގެ "އަޖައިބެއްފަދަ" އެކުވެރި ރައްޔިތުން މުސްލިމުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ތަޢްރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު އޮންލައިން