މިއަދުގެ މިހައިތަނަށް 18 ބިންހެލުން!- ޑިއޭގޯގާސިއާ ކައިރިއަށް 5.2 ގެ ބާރުމިނުގަ 2 ބިން ހެލުން އަތުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މިއަދުގެ މިހައިތަނަށް 18 ބިންހެލުން!- ޑިއޭގޯގާސިއާ ކައިރިއަށް 5.2 ގެ ބާރުމިނުގަ 2 ބިން ހެލުން އަތުވެއްޖެ

ޑިއޭގޯގާސިއާ ކައިރިއަށް ރެކްޓަރ މިންގަނޑުން 5.2 ގެ ބާރު މިނުގައި 2 ބިން ހެލުން އަތުވެއްޖެއެވެ. މީޓިއޮރޮލޮޖީން ބުނީ ބިން ހެލުން އައީ މާލެއިން ބަލައިފިނަމަ 972 މޭލު ދުމިނަށް ކަމަށާއި ބިންހެލުން އައި ސަރަހައްދު އެންމެ ކައިރިވާނީ އައްޑޫ ސިޓީ އާއި ކަމަށެވެ. އަދި މި ބިން ހެލުމުގެ ސަބަބުން ސުނާމީ އެއް އުފެދުން ފަދަ ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރު ނެތްކަމަށްވެސް ބުނެފައިވެއެވެ. ބިންހެލުން އައިސްފައިވަނީ ހެނދުނު 8.37 ހައިއިރުއެވެ.

ބިންހެލުންތައް ރެކޯޑްކުރާ ފަރާތަކުން ބުނެފައިވަނީ މިއަދުގެ މިވަގުތާއި ހަމައަށްވެސް 18 ބިންހެލުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އައިސްފައިވާ ކަމަށާއި އެއިގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުމަކަށް ރެކޯޑް ކުރެވިފައިވަނީ މޮލުކާ ކަނޑަށް 6.1 ގެ ބާރު މިނުގައި އައި ބިންހެލުން ކަމަށެވެ.

މިއަދު އޮންލައިން