ރާއްޖޭގައި ހިންގި އެފްއައިވީބީ ލެވަލް ވަން ކޯޗިންގ ކޯހުގައި ހަތަރު ފުލުހުން ބައިވެރިވެއްޖެ

ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖޭގައި ހިންގި އެފްއައިވީބީ ލެވަލް ވަން ކޯޗިންގ ކޯހުގައި ހަތަރު ފުލުހުން ބައިވެރިވެއްޖެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފެޑެރޭޝަން (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ) ގުޅިގެން ރާއްޖޭގައި ހިންގި އެފްއައިވީބީ ލެވަލް ވަން ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންގެ ތެރޭގައި ހަތަރު ފުލުހަކު ހިމެނިއްޖެއެވެ.

މި ކޯސް ފުރިހަމަކުރި ފުލުހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓް ޢަބްދުﷲ ސިމާދު ޢަލީ އާއި ޕޮލިސް ސާޖަންޓް އާދަމް ޒިލާލް އާއި ޕޮލިސް ސާޖަންޓް އާދަމް ޝަރީފް އަދި ޕޮލިސް ކޯޕްރަލް ޞާދިޤް މޫސާއެވެ.

މާރިޗު 15 ން 19 އަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ މި ކޯހުގައި މި ހަތަރު ފުލުހުންނާއެކު ޖުމްލަ 28 ފަރާތަކުން ބައިވެރިވެފައިވެއެވެ.  މި ކޯހުގަައި ވޮލީގެ ހުނަރުތައް ތަރައްޤީކުރުމާއި ގޭމް ޓެކްޓިކްސްތަކާއި ކޯޗުންގެ މެދުގައި ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ. މީގެއިތުރުން ޕްރެކްޓިސް ސެޝަންތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ޕްރެޓިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު އޮންލައިން