ޣާޒާއިން އިޒްރޭލުގެ މެދުތެރެއަށް ދިން ރޮކެޓް ހަމަލާއެއްގައި ގެއެއްގައި ރޯވެ 6 ޔަހޫދީން ޒަޚަމްވެއްޖެއެވެ. މިހަމަލާދީފައިވަނީ ވެރިރަށް ޓެލްއަވީވްގެ އިތުރުން އޮންނަ ދަނޑުވެރިކަން ކުރާ އަވަށަކަށެވެ.
ޔަހޫދީ ފުލުހުން ބުނެފައިވަނީ ރޮކެޓް އައީ ޣާޒާއިން ކަމަށާއި ބާރު އަޑެއް އިވުމާއިއެކު ގެގެއެއްގައި އަލިފާން ރޯވި ކަމަށެވެ.
ހަމަލާ އާއި ގުޅިގެން ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޔަހޫދީ ބޮޑުވަޒީރު ވަނީ ދީފައެވެ. އަދި އެކަމަށް ސިފައިންނާއި މަޝްވަރާކުރަމުން ގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.