ގޭތެރޭގައި ސަކަރާތްޖަހާތީ 7 އަހަރުގެ އެއްމާބަނޑު އަންހެން 2 ދަރިންގެ އަތުގައި މަންމަ އަލިފާން ޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ގޭތެރޭގައި ސަކަރާތްޖަހާތީ 7 އަހަރުގެ އެއްމާބަނޑު އަންހެން 2 ދަރިންގެ އަތުގައި މަންމަ އަލިފާން ޖައްސައިފި

ޝާރުޖާގައި ދިރިއުޅޭ ޢަރަބި މަންމައަކު 7 އަހަރުގެ އެއްމާބަނޑު އަންހެން 2 ދަރިން ގޭތެރޭގައި ސަކަރާތްޖަހާތީ ދެ ދަރިންގެ އަތުގައި އަލިފާން ޖައްސައިފި އެވެ. 

ދެ ކުދިންގެ އަތުގައި ފިހިފައި ހުރިކަން ފާހަގަކުރެވުނީ ސްކޫލުގެ ޓީޗަރަކަށެވެ. ޓީޗަރު ސުވާލުކުރުމުން ދެ ކުދިންވެސް ބުނީ އަލިފާން ދަނޑި ރޯކޮށް ޖެއްސީ ކަމަށެވެ. ޓީޗަރުގެ މަސައްކަތުން ސްކޫލުގެ ސަމާލުކަމަށް އެކަން ގެންދިއުމުން ސްކޫލުން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ.  

މަންމަ އާއި ފުލުހުން ސުވާލުކުރުމުން ބުނީ ސަކަރާތް ޖަހާނަމަ އަލިފާން ޖައްސާނެ ކަމަށް ބުނުމުން ވެސް ސަކަރާތް ޖަހާތީ އަލިފާން ޖެއްސީ ސަކަރާތްޖެހުން ހުއްޓުވަން ކަމަށާއި ދަރިން ދެކެ ލޯބި ނުވާތީ ނޫން ކަމަށެވެ. 

ޝާރުޖާގައި ކުޑަކުދިންނަށް މިފަދަ އަނިޔާ ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ވަނީ ޤާނޫނު ފާސްކޮށްފައެވެ.

މިއަދު އޮންލައިން