ސްކޫލު ކުދިންގެ މެދުގައި ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަހައްދަކުން ހަތަރު ސްކޫލުގައި ފައިނޭންސް ފެއާއެއް އިއްޔެ ބާއްވައިފިއެވެ.
އެމްއެމްއޭގެ އިސްނެގުމާއެކު ބާއްވާ ފައިނޭންސް ފެއާ، ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަހައްދަކުން ހަތަރު ސްކޫލުގައި އިއްޔެ ބާއްވާފައިވާއިރު އެމްއެމްއޭ އިން ބުނެފައިވަނީ މިފަދަ ފެއާ ބޭއްވުމުގެ ބޭނުމަކީ ސްކޫލު ކުދިންގެ މެދުގައި ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުންކަމަށެވެ.
މި ފެއާ ބާއްވާފައިވަނީ ހުޅުމާލެ ރެހެންދި ސްކޫލާއި ހދ. ކުޅުދުއްފުއްޓާއި ލ. ފޮނަދު އާއި ގދ. ތިނަދޫ ސްކޫލްގައެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.