ޔޫތު އޮންޓަޕްރަނާސް ފޯރަމް ކުޅުދުއްފުއްޓާއި ފޮނަދޫ އަދި ތިނަދޫގައި ބާއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޔޫތު އޮންޓަޕްރަނާސް ފޯރަމް ކުޅުދުއްފުއްޓާއި ފޮނަދޫ އަދި ތިނަދޫގައި ބާއްވައިފި

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތު އޮންޓަޕްރަނާސް ފޯރަމް ހދ. ކުޅުދުއްފުއްޓާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫގައި ބާއްވައިފިއެވެ.

މިފޯރަމް ކުރިއަށްގެންދާ އެމްއެމްއޭ އިން ބުނެފައިވަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ދީ ބިޒްނަސް ޕްލޭނެއް އެކުލަވާލާނެ ގޮތާއި ރާއްޖޭގައި ވިޔަފާރިއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު މި ފޯރަމްތަކުގައި ދީފައިވާނެކަމަށެވެ. އަދި މިފޯރަމްތަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކެމްޕޭނެކެވެ.

 

މިއަދު އޮންލައިން