ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް 2019 މި އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ފެށުމަށް ނިންމާ، ގުރުއަތުލައިފިއެވެ.
ސަލްޓަން ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޓީމުތަކުގެ މެދުގައި ގުރުނަގާފައިވަނީ ގްރޫޕްތަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މުބާރާތުގައިވެސް ފިރިހެނުންގެ ކެޓަގަރީއާއި ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 (އެއިޓީން ތާރޓީ) ވިމެންސް ފުޓްސަލް ފިއެސްޓާ ހިމަނާފައިވާ އިރު، މި ދެބައިގެ ގުރުނެގުންވެސް ރޭ ވަނީ ބާއްވާފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ފިރިހެން ބައިގައި 32 ޓީމު، އަންހެންބައިގާ 9 ޓީމު ވަނީ ބައިވެރިވެފައެވެ.
ރޭގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.
ކުލަބު މޯލްޑިވްސް ކަޕް 2019ގައި:
ގްރޫޕު އޭ – މޯލްޑިވިއަން، ކްލަބު ވެމްކޯ، ކްލަބު އާސަންދަ، އެންސީއައިޓީ.
ގްރޫޕު ބީ – އުރީދޫ، ޕްރިޒަން އާރުސީ، ޓްރޭޑް ކްލަބު، މީޑިއާނެޓް.
ގްރޫޕު ސީ – އެމްޕީއެލް، އެސްޓީއޯ އާރުސީ، ޓީމް ފެނަކަ، އެމްއެމްއޭ އެސްސީ.
ގްރޫޕު ޑީ – އެލައިޑް، ޓީމް އެފްއެސްއެމް، ކްލަބު އިމިގްރޭޝަން، ކްލަބު އޭވިއޭޝަން ސެކިއުރިޓީ.
ގްރޫޕު އީ – ޖީއެމްއައިޒެޑްއެލް، ސްޓެލްކޯ އާރުސީ، ޔޫތު މިނިސްޓްރީ (ކްލަބު އެމްވައިއެސް)، ފެހި ފަހި ކްލަބު.
ގްރޫޕު އެފް – ކްލަބު އެމްޓީސީސީ، ކަސްޓަމްސް އާރުސީ، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު.
ގްރޫޕު ޖީ – ކްލަބު އެޗްޑީސީ، ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބު، ސިވިލް ކޯޓު.
ގްރޫޕު އެޗް – ދިރާގު، ޕޮލިސް ކްލަބު، މިފްކޯ، ޕީއެސްއެމް.
އަންހެން ކެޓަގަރީ 30/18 ގައި:
ގްރޫޕް އޭ - އެމްޕީއެލް، އިމިގްރޭޝަން، ފެނަކަ، ވެމްކޯ
ގްރޫޕް ބީ - ޕޮލިސް ކްލަބް، ޓްރޭޑް ކްލަބް، ދިވެހި ސިފައިންގެ ކްލަބު، ޑީއެސްސީ، ފެން ކްލަބް