19 ސްކޫލުން 78 ޓީމާއެކު 5 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ.
އިއްޔެ ފެށި މި މުބާރާތުގައި އަތޮޅު ތެރޭގެ 7 ސްކޫލާއެކު ޖުމްލަ 19 ސްކޫލުން 78 ޓީމު ވަނީ ބައިވެރިވެފައެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި އެކި ޢުމުރުފުރާތަކުން 19 ސްކޫލަކުން 1000 ވުރެ ގިނަ ކުޅުންތެރިން ބައިވެރިވާ އިރު، މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޢުމުރުފުރާ ހިމެނެއެވެ.
މި މުބާރާތުގައި އޭޕްރިލް 11 އާއި ހަމައަށް ކުރިއަށް ދާނީ 12 އަހަރުން ދަށުގެ ޢުމުރުފުރާގެ މެޗުތަކެވެ. 14 އަހަރުންދަށާއި 16 އަހަރުން ދަށުގެ ޢުމުރުފުރާގެ މެޗުތައް ފެށުމަށް ތާވަލުކޮށްފައިވަނީ 11 އޭޕްރިލްގައެވެ.
ނެޝަނަލް ހޭންޑްބޯލް ގްރައުންޑްގައި ކުރިއަށްދާ މި މުބާރާތުގައި މުބާރާތުގައި 144 މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.