ލަވިސްތާ ފުޓްސަލް ކަޕްގެ ނަމުގައި އޭދަފުށި ދާއިރާގެ ރަށްތަކަށް އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 41ސ
ލަވިސްތާ ފުޓްސަލް ކަޕްގެ ނަމުގައި އޭދަފުށި ދާއިރާގެ ރަށްތަކަށް އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ

ލަވިސްތާ ފުޓްސަލް ކަޕްގެ ނަމުގައި އޭދަފުށި ދާއިރާގެ ރަށްތަކަށް އަގުބޮޑު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި އޭޕްރިލް މަހުގެ 12 އަދި 13 ގައި ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެއްވެސް ފީއެއް ދައްކަން ނުޖެހޭ މި މުބާރާތުގައި ބައިވެރިވެވޭނީ ދާއިރާގެ ތިން ރަށް ކަމަށްވާ އޭދަފުށި، މާޅޮސް އައި ހިތާދޫގެ ޓީމުތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ.  ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަގުބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.

މިއަދު އޮންލައިން